ހީނާގެ މި އަގުބޮޑު ހެދުން ކަމަކުނުދިޔަ، ލިބުނީ ހުސް ފާޑުކިއުން

މަޝްހޫރު ތަރި ހީނާ ހާން ވަނީ މީސްމީޑިއާއަށް އަނެއްކާވެސް ފޮޓޯއެއް ދޫކޮށްލާފައިއެވެ. ހިނާ އަކީ ފެޝަނަށް ލޯބިކުރާ ތަރިއެކެވެ. އަދު ހީނާގެ ސްޓައިލް ތަކަކީ ޒުވާންކުދިންގެ މެދުގައި މަގުބޫލް ސްޓައިލް ތަކެއްވެސް މެއެވެ. ދާދިފަހުން ވެސް ހީނާ ވަނީ އޭނާގެ ފޭނުންނަށް ތަފާތު ލުކް އެއް ގެނެސްދީފައިއެވެ. އެއާއި އެކު އެ ހެދުމަށް ވަނީ ގިން ބައެއްގެ ތައުރީފް ލިބިފައިއެވެ.

21 ހާސް އަށް ވުރެ އަގުބޮޑު ނޫކުލައިގެން މި ޓޮޕް އަށް ހީނާއަށް ލިބުނީ ތައުރީފްގެ ބަދަލުގައި ފާޑު ކިއުމެވެ. ނޫކުލައިގެ މި ޓޮޕް އިން ވަނީ ހީނާގެ ފެޝަން އަށް ލޯބިކުރާ މީހުންނަށް ހިތްހަމަނުޖެހުން ގެނެސްދީފައިއެވެ. ގިނަމީހުން ބުނަނީ މިފަހަރުގެ ސްޓައިލް ސުމެއްކަމަށެވެ.

ނޫކުލައިގެ ޓޮޕާއި އެކު ފައިކުރި ފުޅާ ހަރުވާޅެއް ބޭނުން ކޮށްފައިވާއިރު މުށި ކުލައިގެ ފައިވަނެއްވެސް ވަނީ ބޭނުން ކޮށްފައިއެވެ. އެއްވެސް ކަހަލަ އެކްސަސަރީޒް އެއް ބޭނުން ކޮށްފައި ނުވިނަމަވެސް ނޫ

ނޫކުލައިގެ ޓޮޕާއި އެކު ފައިކުރި ފުޅާ ހަރުވާޅެއް ބޭނުން ކޮށްފައިވާއިރު މުށި ކުލައިގެ ފައިވަނެއްވެސް ވަނީ ބޭނުން ކޮށްފައިއެވެ. އެއްވެސް ކަހަލަ އެކްސަސަރީޒް އެއް ބޭނުން ކޮށްފައި ނުވިނަމަވެސް ނޫޑް މޭކްއަޕްއެއް ވަނީ ކޮށްފައިއެވެ.

ހީނާ މިވަގުތު ހުރީ ބިގްބޮސްގެ ގޭގައިއެވެ. އެހެންކަމުން އޭނަގެ ސޯޝަލް މީޑީއާ ބަލަހައްޓަމުން ދަނީ އޭނާގެ ޓީމުންނެވެ. ޑްރާމާ ސީރީޒް ޔޭ ރިޝްތާ ކިޔާ ކެހެލާތާގައި އަކްޝަރާގެ ރޯލްކުޅެގެން ގިން ބައެއްގެ ލޯބި ހީނާ ވަނީ ހޯދާފައިއެވެ.

އެ މަގުބޫލް ކަމާއެކު ހީނާ ވަނީ ބޮލީވުޑްއަށް ނިކުމެފައިއެވެ. ހީނާގެ އެންމެ ފުރަތަމަ ފިލްމް އަކީ “ހެކްޑް” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!