މަޝްހޫރު ފިލްމީ ތަރި ސަންޖޭދަތުގެ ދަރިފުޅު ތްރިޝާލާ ދަތް އޭނާގެ މާމަ ( ސަންޖޭ ދަތްގެ މަންމަ) ނަރްގިސް ދަތުގެ ހަދާން އާކޮށްފިއެވެ.
90 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރު ވި ނަރްގީސް އަކީ ގިން ފިލްމު ތަކެއް ކުޅެ އެތައް ބައެއްގެ މެދުގައި މަގުބޫލް ވި އެ ޒާމާނުގެ އެންމެ ގެ ފޭވަރިޓް އެކެވެ. ފިލްމީ ދާއިރާއަށް ނަރުގިސް ނުކުމެ ކުރި މަސައްކަތުގެ އަގު ވަޒަން ކޮށް އޭނާ އަށް ވަނީ ޕަދްމަޝްރީ އެވޯޑް ހާސިލްކޮށްފައިއެވެ.
3 އަހަރެއްހާ ދުވަހު ކެންސަރު ބަލީގައި އުޅުމަށްފަހު 1991 ގައި ނަރުގިސް ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފައިއެވެ. ތްރިޝާލާ ވަނީ އެކިފަހަރު މަތިން އޭނާގެ މާމައާއި ކާފަގެ ހަދާން އާ ކުރަމުންނެވެ.
މި އަހަރު ތެރޭގައި ސަންޖޭ ދަތްވެސް ވަނީ ކެންސަރާއި ހަނގުރާމަ ކުރަމުން ދާކަމަށް ބުނެފައިއެވެ. އަދި ސަންޖޭ ދަނީ ޓްރިޓްމްންޓް ވެސް ނަގަމުންނެވެ.
ސަންޖޭދަތުގެ ދޮށީ ދަަރިފުޅު ތްރިޝާލާ ދިރިއުޅެމުންދަނީ ނިއުޔޯކް ގައިއެވެ. ތްރީޝާލާ ބުނާގޮތުގައި އޭނާ ގެ އެއްވެސް ޝައުގެއް ފިލްމީ އިންޑަސްޓްރީއަކަށް ނެތެވެ.