މިއަދުގެ ޕޮޒިޓިވްވީ 24 މީހުން

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 24 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 102 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހުން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 20 ދިވެހިންނާއި 4 ބިދޭސީންނެވެ.

މިއަދު ޓެސްޓް ކުރީ 1،572 ޓެސްޓެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،138 މީހުންނެވެ. ކޮވިޑްގައި 36 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 39 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އިތުރު 102 މީހަކު މިއަދު ވަނީ މިބަލިން ރަނގަޅުވެފައިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 223 ދުވަސް ހޭދަ ކޮށްފައިވާއިރު މިހާތަނަށް 11,178 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 10،097 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނެވެ.

ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،138 މީހުންނެވެ. އޭގެ ތެރެއިން 43 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ތިން މީހަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ މީހެކެވެ. ކޮވިޑްގައި ރާއްޖެއިން 36 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ މިއަދު އެވެ. މިއަދު ހެނދުނު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަތޮޅުތަކުން 20 ރަށެއްގައި 69 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 19 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 25 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!