ޔަސިންޑާ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައި ގަތުމުން ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

ނިއު ޒީލެންޑުގެ އާންމު އިންތިޚާބުގެ ވޯޓުން މިހާރުގެ ބޮޑުވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ޔަސިންޑާ އާޑެން އިންތިޚާބުވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް އެކަމަނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ނިއު ޒިލެންޑާއި ރާއްޖެ އާއި ދެމެދު ކިތަންމެ ދުރުމިނެއް ހުރި ކަމުގައިވީ ނަމަވެސް ނިއު ޒީލެންޑާއި ރާއްޖެެއާއި ވަރަށް އެކުވެރި ގައުމެއް ކަމަށާއި ދެގައުމުން އެއްބަސްވެވޭ ކަންކަމުގައި އަބަދުވެސް އެކުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.

ނިއުޒީލެންޑުގެ އާންމު އިންތިޚާބު އިންިހާބުގައި ވާދަކޮށްފައިވަނީ މިހާރުގެ ބޮޑުވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ޔަސިންޑާ އާޑެންއާއި ނޭޝަނަލް ޕާޓީގެ ލީޑަރު ޖޫޑިތު ކޮލިންސެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އާޑެންގެ ލޭބަރ ޕާޓީން ވަނީ 49 އިންސައްތަ ކާމިކޮށްފައެވެ. މިއީ 1996 ވަނަ އަހަރު ފަހުން މިހާތަނަށް އެންމެ ބޮޑުތަނުން ކާމިޔާބު ހޯދި ޕާޓީއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ސްޕީޗުގައި އާޑެން ވިދާޅުވީ ލޭބަރ ޕާޓީއަށް ރައްޔިތުންގެ ފުރިހަމަ ތާއީދާއި ލޯބި އޮތްކަން ހާމަވެފައިވާ ކަމަށާއި، އަދި މި ޕާޓީއަކީ ނިއުޒިލެންޑްގެ ކޮންމެ ރައްޔިތަކަށް ވެރިކަންކޮށްދޭނެ ޕާޓީއެއް ކަމަށް ވައުދުވެވަޑައިގެންނަވާ ކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!