ޖަސިންޑާ އާޑެން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި

ނިއުޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ.

މިއަދު ނިއުޒީލޭންޑްގައި ކުރިއަށް ދިޔަ އިންތިހާބުގައި އާޑެން ނިސްބަތްވާ ލޭބާ ޕާޓީ އަށް ވަނީ އިންތިހާބުގެ 49 އިންސައްތަ ވޯޓް ލިބިފައެވެ. އަދި އާޑެން އާއި އެންމެ ގާތުން ވާދަކުރި ޖޫޑިތް ކޮލިންސްގެ ނެޝަނަލް ޕާޓީ އަށް ވަނީ 27 އިންސައްތަ ވޯޓް ލިބިފައެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު، ނެޝަނަލް ޕާޓީގެ ލީޑަރުކަންވެސް ކުރައްވާ ޖޫޑިތް ކޮލިންސް ވަނީ ޓީވީ މެދުވެރިކުރައްވައި އާޑެން އަށް މަރުހަބާ ދަންނަވާފައެވެ. ބަލި ގަބޫލުކުރެއްވުމަށްފަހު، ކޮލިންސް ވަނީ މިއީ ލޭބާ ޕާޓީއަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އާޑެން ވަނީ އިންތިހާބުގެ ނަތީޖާއަށް ފަހު އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!