ކޮވިޑް-19އާ ހެދި ކުރިމަތިވި ލޮކްޑައުން އަށް ފަހު، އަލުން ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބެން ފެށުމާ އެކު ރާއްޖެ އަށް ޗުއްޓީ އަށް އަންނަ ބޮލީވުޑްގެ ތަރިންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ވަރުން ދަވަން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މީގެ ކުރިން ލޯބިވެރިޔާ ނަތާޝާ ދަލާލާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޒުވާން އެކްޓަރު މި ފަހަރު ޗުއްޓީ ހޭދަކުރަނީ ސޮނެވާ ފުށީގަ އެވެ. އެތަނުގެ ޕޫލެއްގެ ތެރޭގައި އޮރެންޖް ކުލައިގެ ސޯޓެއް ލައިގެން ނަގާފައިވާ ފޮޓޯއެއް ވަރުން އިންސްޓަގްރާމަށް ލާފައިވެ އެވެ.
ވަރުންނާއި ނަތާޝާ ރައްޓެހިވެގެން އުޅޭތާ މިހާރު ގިނަ އަހަރުތަކެއްވެފައިވާއިރު އެމީހުން މިއަހަރު ކައިވެނިކުރާނެ ކަމަށް ކޮވިޑްގެ ކުރިން އަޑުތައް އެރި އެވެ.
ވަރުން ރާއްޖެއަށް ޗުއްޓީއަށް އައިއިރު މިފަހުން ބަތަލާ ތާޕްސީ ޕަންނޫ އާއި މޯނީ ރޯއީ އަދި މަންދީރާ ބޭޑީ ފަދަ ތަރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެެ.
ވަރުން އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ރޭމޯ ޑި ސޫޒާގެ “ސްޓްރީޓް ޑާންސާ 3ޑީ” އިން ޝްރައްދާ ކަޕޫރާއެކު އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކޫލީ ނަމްބަރު ވަން އެވެ.