ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބު ވެލެންސިއާއިން މިއަދު ޕްރެކްޓިސް ފަށާނެއެވެ.
ވެލެންސިޔާގެ ޕްރެކްޓިސް މިއަދު ފަށާނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ)ގެ އިރުޝާދުގެ ދަށުންނެވެ. މިއާއެކު ވެލެންސިއާ ވެގެންދާނީ އަންނަ ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފަށާ ދެވަނަ ޓީމަށެވެ. މާޒިޔާއިންވަނީ މިހާރު ޕްރެކްޓިސް ފަށާފައެވެ.
ވެލެންސިއާ އަލުން އެނބުރި އެއްވަނަ ޑިވިޝަނަށް މިއައީ ދެހާސް ސަތާރަވަނަ އަހަރު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ޖެހިގެން އައި އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.