ގައުމީ ދުވަހު ރައީސް ގައުމާ މުހާތަބު ކުރައްވާނެ

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނީ މާދަމާ ފާހަގަކުރާ ގައުމީ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައިގެނެން ކަމަށެވެ.

ގައުމީ ދުވަސް ފާހަގަ ކުރަނީ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ. ރަސްމީ ސިފައެއްގައި އެ ދުވަސް ފާހަގަ ކުރާތާ މިއީ 77 ވަނަ އަހަރެވެ.

މި އަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ ބޮޑުތަކުރުފާނު ނިސްބަތްވެ ވަޑައިގަންނަވާ އުތީމުގަ އެވެ.

ރައީސް ސޯލިހު ގައުމާ މުހާތަބު ކުރެއްވުމުގެ އިތުރުން، ގައުމީ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ މިރޭ ފަތިހު 5:45 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތާއެކު ތިން ދުވަހަށް ގައުމީ ދުވަހުގެ ހަރަކާތްތަށް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!