ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.
މިއަދު ނިޔާވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 7 ބިދޭސީންނެވެ.
ރާއްޖޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 11،154 އިން މައްޗަށް އަރާފައިވާއިރު، ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.
އަތޮޅުތަކުން 20 ރަށެއްގައި 69 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 19 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 25 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.