މަސް އިމްޕޯޓު ކުރަން ރާއްޖެއަށް ހުރަހެއް ނެތް: ލަންކާ

ރާއްޖެ އިން ލަންކާ އަށް މަސް އިމްޕޯޓު ކުރަން ހުރަހެއް ނެތްކަމުގެ ޔަގީންކަން އެގައުމުން ދީފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިރޭ ވިދާޅުވީ ރާއްޖެ އިން ލަންކާ އަށް މަސް އިމްޕޯޓު ކުރަން އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރްދެނާ އާއި ލަންކާގެ ފިޝަރީޒް މިނިސްޓަރު ޑަގްލަސް ދެވަނަންދާގެ އިތުރުން ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޖިތް ނިވާދް ކަބްރާލް އާއެކު ކުރެވުނު މަޝްވަރާތަކުގައި ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ އެކަމަށްޓަކައި ލަންކާއަށް ޝުކުރު އަދާކުރައްވާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!