ކެފޭ ރެސްޓޯރެންޓުތައް ރޭގަނޑު 10:30އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ

މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް، ރޭގަނޑު 22:30 އާއި ފަތިހު 04:00 ފިޔަވައި އެހެން ވަގުތުތަކުގައި ދެވޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މި ހިނދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ފަތިހު 4:00އަށް ހުއްޓައިލަން ޖެހޭނެއެވެ.

މާލެތެރޭގައި ކޮވިޑް-19 ފެތުރި ލޮކްޑައުން ކުރުމާ ގުޅިގެން އެންމެ ފުރަތަމަ ލުއިތައް ދޭން ފެށީ ޖުލައި 1ގަ އެވެ. އެއާއެކު އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ. ނަމަވެސް މާސްކް އެޅުން މަޖުބޫރުކޮށް، އޮގަސްޓު 24އިން ފެށިގެން ވަނީ ރޭގަނޑު 8:00 ގެ ފަހުން ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!