ސެޕްޓެމްބަރ މަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ ދަށަށް

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އެކްސްޕޯޓް ކުރި މުދަލާއި އިމްޕޯޓުރި މުދަލުގެ ނިސްބަތް ވެސް ދަށްވެއްޖެއެވެ.

ކަސްޓަމްސް ިއން ހާމަކޮށްފައިވާ ސެޕެޓެންބަރު މަހުގެ ތަފާސް ހިސާބަށް ބަލާލާއިރު، ފާއިތުވި ސެޕްޓެންބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 50 އިންސައްތަ ވަނީ ދަށްވެފައެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ސެޕްޓެންބަރު މަހު މިއަދަދުވަނީ 1.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެއީ މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި އިމްޕޯޓްކުރި މުދަލާއި އަޅާކިޔާނަމަ 50ޕަސެންޓް ދަށް އަަދަދެކެވެ.

ފާއިތުވި މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެކްސްޕޯޓް ކުރީ ޗައިނާއިންކަމަށް ވާއިރު އެއީ މުޅި އިމްޕޯޓްގެ 18 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނައިން މުދަ އެތެރެ ކުރި ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލަކީ ރާއްޖެ އަށް އެތެރެ ކުރި މުދަލުގެ 14ޕަސެންޓެވެ.

އެހެންނަމަވެސް އަގުގެ ގޮތުން ބަލާނަމަ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރި ޤައުމަކީ އިނގިރޭސިވިލާތެވެ. އެ ޤައުމުން ރާއްޖެ އަށް އެތެރެ ކުރި މުދާ، ރާއްޖެ އަށް އެކްސްޕޯޓް ކުރި މުދަލުގެ ޖުމްލަ އަގުގެ 21 ޕަސެންޓް ހިއްސާކުރެއެެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!