2000 ރުފިޔާގެ އެލަވެންސަކާއެކު، ޕޮލިޓެކްނިކުން ހިލޭ ކޯސްތަކެއް ހިންގަނީ

ކޮންމެ މަހަކު 2،000ރ. ގެ އެލަވަންސަކާއެކު، ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިލޭ ކިޔެވުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވާލައިފި އެވެ.

ޕޮލިޓެކްނިކުން ހިލޭ ކުރިއަށްގެންދަން ނިންމާފައިވަނީ ޓޫރިޒަމާއި ކޮންސްޓްރަކްޝަން އަދި އައިސީޓީ ދާއިރާގެ 24 ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހަ މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްތަކަކީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެވެ. މި ހުރިހާ ޕްރޮގްރާމެއްގެ ފީ ވެސް ހިލޭ ކޮށްފައިވާއިރު، މި ޕްރޮގްރާމްތަކުގައި ފިޒިކަލް ކްލާސްތަކުގެ އިތުރުން އޮންލައިންކޮށް ވެސް ކިޔަވައިދޭނެ ކަމަށް ޕޮލިޓެކްނިކުން ބުނެއެވެ.

މި ޕްރޮގްރާމްތަކަށް ޕޮލިޓެކްނިކުގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ [email protected] އަށް މެއިލް ކޮށްގެން ވެސް ފޯމު ހުށަހެޅޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!