ސުޝްމީތާ އަދި ލޯބިވެރިޔާއާއި ކައިވެނި ކުރަނީ ކޮންއިރަކުތޯ ފޭނަކު ސުވާލުކުރުމުން ދިނީ ލޯބި ޖަވާބެއް

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސުޝްމީތާ ސެން އާއި މަޝްހޫރު މޮޑެލް ރޮހްމަން ޝޯލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 2 އަހަރު މިވަނީ ފާއިތުވެފައެވެ.

އުމުރުން 44 އަހރުގެ ސުޝްމީތާ އާއި 29 އަހަރުގެ ރޮހްމަން ފުރަތަމަ ދިމާވީ ފެޝަން ޝޯ އެއްގެ ތެރެއިން ކަމަށް ހަބަރުތައް ބުނެއެވެ.

ސުޝްމީތާ އާއި ރޮހްމާންގެ ގުޅުމާއި ބެހޭ ގޮތުން މީގެ ކުރިންވެސް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވިފައިވާއިރު ފާޑުކިޔާ ފަރާތްތަކުންވަނީ ސުޝްމީތާއަށް ވުރެ 15 އަހަރު ހަނގު ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ ފާޑުކިޔާފައެވެ. 

ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެދެމީހުންގެ ގުޅުމަށް އަސަރެއް ކޮށްފައެއް ނުވެއެވެ. އެގޮތުން އެދެމީހުން އަބަދުވެސް އެކީގައި ބޭރުގައި އުޅޭމަންޒަރު އިންޑިއާގެ މީޑިއާތަކުން އަބަދުވެސް ދަނީ ގެނެސް ދެމުންނެވެ.

ދާދިފަހުން ސުޝްމީތާ އޭނާގެ ފޭނުންނާއި ކުރި ލައިވް ޗެޓެއްގައި އެދެމީހުން ކައިވެނި ކުރަނީ ކޮންއިރަކުތޯ ވަނީ ސުވާލުކޮށްފައެވެ. ސުޝްމީތާ ވަނީ ހެވިފައި އިނދެ ހަމަ އެ ސުވާލު ރޮހްމާން އާއި ކޮށްފައެވެ. އެގޮތުން ޖަވާބުގައި ރޮހްމާން ބުނީ އަހާލާފައި ބުނާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!