ނޭހާގެ ކައިވެންޏަށް އަދިތިޔާ ހާޒިރެއް ނުވާނެ، ސަބަބު މިއޮތީ!

މި މަހު ފަހުކޮޅު ކައިވެނި ކުރަން ނިންމާފައިވާ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރުގެ ކައިވެނީގެ ހަފްލާއަށް ހާޒިރު ނުވެވޭނެ ކަމަށް އޭނާގެ ގާތް އެކުވެރިޔާ އަދިތިޔާ ނާރާޔަން ހާމަކޮށްފިއެވެ.

“އިންޑިއަން އައިޑޮލް” ގައި ވަރަށް ގާތްކޮށް ފެނުނު މި ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމަށް ހީވެފައި އޮތަސް، ނޭހާ ކައިވެނި ކުރަން އުޅެނީ އެކުވެރި ލަވަކިޔުންތެރިޔާ ރޯހަންޕްރީތު ސިންގް އާއެވެ. އަދި އިންޑިއަން އައިޑޮލްގެ ސްޓޭޖުމަތީގައި އަދިތިޔާ އާއި ނޭހާ “ރޮމޭންސް” ކޮށްފައި އުޅުނީ އެ ޝޯގެ ޓީއާރްޕީ މަތިކުރުމަށެވެ. ހަގީގަތުގައި އަދިތިޔާ ވެސް އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންނެވެ. އަދި އަދިތިޔާ އާއި ޝްވެތާ އަގަރްވާލްގެ ކައިވެނި ވެސް މި އަހަރުގެ ފަހުކޮޅު ކުރާ ގޮތަށް ދާދިފަހުން ވަނީ އިޢުލާނުކޮށްފައެވެ.

ނޭހާގެ ކައިވެންޏަށް ހާޒިރުނުވެވޭނެކަމަށް ބުނަމުން އަދިތިޔާ ބުނީ އެއީ އެ ކައިވެނި އޮންނަނީ ދިއްލީގައި ކަމަށްވުމުން، މިވަގުތު ދަތުރުކުރެވެން ނެތުމުންނެވެ. “އަހަރެންގެ ކޮނޑަށް އަނިޔާއެއްވެފަ ހުރީމަ ދަތުރުކުރުން ފަސޭހައެއް ނުވާނެ”، އަދިތިޔާ ނޫހަކަށް ކިޔައިދިނެވެ.

ނަމަވެސް އަދިތިޔާ ބުނީ އިންޑިއަން އައިޑަލްގެ އެހެން ހުރިހާ އެންމެން ކަހަލަ ގޮތަކަށް ނޭހާގެ ކައިވެނީގައި ބައިވެރިވާނެއެވެ. އޭގެތެރޭގައި ޖަޖުން ކަމަށްވާ ވިޝާލް ދަދްލާނީ އާއި ހިމޭޝް ރޭޝަމިޔާ ވެސް ހިމެނެއެވެ. އަދިތިޔާ އަކީ އެ ޝޯގެ ހޯސްޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!