45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅަށް މިރޭގެ 08:00 އިން މިރޭގެ ދަންވަރު 01:00 އަށެވެ.
މެޓް އޮފީހުން ނެރެފައިވާ މި ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.