ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ކަށަވަރުކޮށްދީފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޮނާލްޑޯ މިހާރުވަނީ ސެލްފް އައިސޮލޭޝަންގައެވެ. އަދި ޔޫއެފާ ނޭޝަންސް ލީގުގައި ސްވިޑަންއާއި ދެކޮޅަށް ކުޅުމަށް ޕޯޗުގަލްއިން ތައްޔާރުވަމުން އަންނައިރު، މާދަމާ ރޭ ކުޅޭ އެމެޗުގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ.

ރޮނާލްޑޯ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެންނަން ނެތް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!