ކޮލަމާފުށިން މީހަކު ޕޮޒިޓިވް ވެއްޖެ

ގއ. ކޮލަމާފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހީމް އަލީމް ވިދާޅުވީ އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 44 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ ޕޮޒިޓިވްވިކަން އެޗްޕީއޭއިން އަންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އަލީމް ވިދާޅުވިއެވެ.

އެ މީހާ ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަ ވުމުން ކަމަށާއި އެ އަންހެން މީހާއާ އެކު އޭނާގެ 2 ދަރިން ވެސް ހޯމް ކަރަންޓީނުގައި ތިބި ކަމަށާއި ނަމަވެސް އެދެ ކުދިންގެ ނަތީޖާ ނެގެޓިވް ކަމަށެވެ.

އެ އަންހެން މީހާގެ ފަރާތުން ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ނަމަވެސް ކޮލަމާފުށި ހެލްތު ސެންޓަރުން އޭނާގެ ހާލަތު ކައިރިން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!