ލ. ގަމުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ ގަމުން މިއަދު ނެގި ސާމްޕަލްތަކުން މިވަގުތާއި ހަމައަށް ތިން ފަރާތެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ ތުނޑީ އަވަށުގައި ހޯމް ކަރަންޓީންގައި ތިބި ދެ ފަރާތެއްގެ އިތުރުން، އެމްއެންޑީއެފް ކްލަސްޓާ އާއި ގުޅުން ހުރި ފަރާތެއް ކަަމަށެވެ.
އަދި މިވަގުތާއި ހަމައަށް ގަމުން ޕޮޒިޓިވްވެފައިވާ ތިން ފަރާތެއް ހޯމް އައިސޮލޭޝަންގައި އެބަ ތިބި ކަމަށާއި، އެމްއެންޑީއެފްގެ ކްލަސްޓާގެ ޖުމްލަ އަދަދު 59 އަށް އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.