އެޕްރީލް މަހުން ފެށިގެން އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވޭ

މި އަހަރުގެ އެޕްރީލް މަހުން ފެށިގެން އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު 2020”ން ދައްކާ ގޮތުން ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު މަދު ކަމަށެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ އެޕްރީލް މަހުން ފެށިގެން އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް ޖުލައި މަހު މި އަދަދު ކޮންމެ ވެސް ވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އޮގަސްޓް މަހު ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 2967، ސެޕްޓެންބަރު މަހު 3154 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

އެހެންކަމުން އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އާއްމު އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން، ބޭނުން ކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުން، އާއްމު ސާފުތާހިރު ކަމަށް ޚާއްސަކޮށް ސައިބޯނި ލައިގެން އަތް ދޮވުންފަދަ ކަންކަމަށް ސަމާލުކަން ދިނުން، ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން، ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން، ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން، ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމެވެ. އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވެސް މުހިންމު ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!