އަމީން ހާޒިރުކުރަން އޮތް ކޮމިޓީ ކެންސަލް

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލުކުރަން މިއަދަށް ތާވަލު ކޮމިޓީ ކެންސަލްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަގާއި އަމީން އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވި ފަހުން މިހާރު ދެ މަހެއްހާ ދުވަސްވެފައިވާއިރު، މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީއަށް މިއަދު ހެނދުނު 11:00 ގައި އަމީން ހާޒިރުކޮށް ސުވާލުކުރުމަށް އެޖެންޑާ ކުރި އެވެ.

އެޖެންޑާ ބުނެފައިވަނީ އަމީން ހާޒިރުކުރަނީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

ނަމަވެސް، އެ ބައްދަލުވުން މިއަދު މެންދުރު 1:00 އަށް ފަސްކުރުމަށްފަހު، މިހާރު އެ ކޮމިޓީ ކެންސަލްކޮށްފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި މީގެ ކުރިން އަމީން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!