ހިތުގެ އާލާސްކަންފުޅެއްގައި މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އިމާދު ލަތީފު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
އިމާދުގެ އާއިލީ ބޭފުޅަކު ވިދާޅުވި ހިތުގެ އާލާސްކަންފުޅަކާއި ގުޅިގެން ރޭ ގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާ އިމާދަށް ފަރުވާ ދެމުންދާ ގެންދާ ކަމަށާއި މިހާރު އިންޖިއޯޕްލާސްޓީ ހެދުމަށް ފަހު އިމާދު ބާއްވާފައި ވަނީ އައިސީޔޫގައި ކަމަށެވެ.
“އިރާދަކުރެއްވީތީ މިހާރު އިމާދުގެ ހަލު ސްޓޭބަލް. މިރޭ ނޫނީ މާދަމާ އައިސީޔޫއިން ނެރޭނެ ކަމަށް ބެލެވޭ،”
އިމާދު އެޑްމިޓް ކުރުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އޭނާއަށް އަވަސް ޝިފާއަށް އެދި ހެޔޮ އެދުމުގެ މެސެޖްތައް ފޮނުވަމުންނެވެ.
ނޫސްވެރި ކަމުން ރާއްޖޭގައި ލިބޭ ހުރިހާ ޝަރަފެއް ހޯއްދަވާފައިވާ އިމާދުގެ ނޫސްވެރިކަން ފެއްޓެވީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން އިމާދަކީ ރާއްޖޭގައި ވަރަށް މަގުބޫލު އަދި ވަރަށް މަޝްހޫރު ނޫސްވެރިއެކެވެ.