ޓްރާންސްޕޯޓުގެ މާލީ ޒިންމާދާރުވެރިޔާގެ މައްސަލަތަކެއް އޭސީސީއަށް

ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ އަލީ ޒުބެއިރާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. 

ޒުބެއިރާ ދެކޮޅަށް ހުށަހަޅާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުވުމުގައި ކުރި ހަރަދުތަކާއި، ވަކި ބަޔަކަށް މާލީ މަންފާ ހޯދަމުންދާ ކަމަށް ކުރެވޭ ތުހުމަތާއި، ރީޖަނަލް އެއާޕޯޓުތަކުގައި ބޭނުން ކުރަން ބާ ދެ ބަސް ގެނައި މައްސަލަ އެވެ. 

ޒުބެއިރާ ގުޅޭ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައި ވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް ވެސް ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!