ރާއްޖޭގެ އާބާދީ 5 ލައްކައަށްވުރެ މައްޗަށް، 40 ޕަސަންޓު މީހުން އުޅެނީ މާލޭގައި

ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 557426 (ފަސްލައްކަ ފަންސާސް ހަތް ހާސް ހަތަރުސަތޭކަ ސައްބީސް) މީހުންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަންދާޒާކޮށްފިއެވެ.

އެ އިދާރާއިން އަންދާޒާކުރާގޮތުން އާބާދީގެ %40.8 މީހުން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އެއީ 227486 (ދެލައްކަ ހަތާވީސް ހާސް ހަތަރުސަތޭކަ ހަތަރުސަތޭކަ އަށްޑިހަ ހަ) މީހުންނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އަންދާޒާކުރާގޮތުން މާލެއަށް ފަހު އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ކ.އަތޮޅުގައެވެ. އެއީ 41382 މީހުންނެވެ. ރާއްޖޭގައި އަދިވެސް 10000 މީހުން ހަމަނުވާ 4 އަތޮޅެއް އެބައޮތެވެ. އެއީ ވ.އަތޮޅާއި، މ.އަތޮޅާއި ފ.އަތޮޅު އަދި ޏއަތޮޅެވެ. މިގޮތުން އެންމެ ކުޑަ އާބާދީއެއް އޮތް އަތޮޅުކަމުގައިވަނީ ވ.އަތޮޅުގެ އާބާދީއަކީ 2688 އެވެ. މ.އަތޮޅުގެ އާބާދީ 6747 ގައި އުޅޭއިރު ފ.އަތޮޅުގެ އާބާދީއަކީ 5941 އެވެ. އަދި ފުވައްމުލައް ސިޓީގެ އާބާދީއަކީ 9873އެވެ. އަދި 10 އަތޮޅެއްގެ އާބާދީ ދިހަ ހާހާއި ވިހި ހާހާ ދެމެދު ހުރި އިރު އާބާދީ ވިހި ހާހާއި ތިރީސް ހާހަށް ދެމެދު އުޅެނީ 5 އަތޮޅެއްގައެވެ.

އާބާދީ 10001 އާއި 20000 ދެމެދުގެ އަތޮޅުތައް:

ހއ.އަތޮޅު 17389
ށ.އަތޮޅު 15358
ނ.އަތޮޅު 16706
ޅ.އަތޮޅު 14370
އއ.އަތޮޅު 13638
ދ.އަތޮޅު 10635
ތ.އަތޮޅު 11496
ލ.އަތޮޅު 16805
ގއ.އަތޮޅު 14616
ގދ.އަތޮޅު 15445

އާބާދީ 20001 އާއި 30000 ދެމެދުގެ އަތޮޅުތައް:

ހދ.އަތޮޅު 23157
ރ.އަތޮޅު 20297
ބ.އަތޮޅު 21145
އދ.އަތޮޅު 20248
އައްޑޫ ސިޓީ 26635

އެންމެ ފަހުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީއަކީ 402،071 އެވެ. އެއީ 338،434 ދިވެހީންނާއި 63،637 ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!