ކޮވިޑް ޖެހުނު މީހުންގެ އަދަދު 38 މިލިއަނަށް ވުރެ މައްޗަށް!

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 38 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 38040063 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 8356621 ޕޭޝަންޓެކެވެ. އެކްޓިވް ޕޭޝަންޓުންގެ ތެރެއިން 69119 ޕޭޝަންޓުންނަކީ ކުރިޓިކަލް ނުވަތަ ސީރިއަސް ހާލުގައި އޮތް ޕޭޝަންޓުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމެރިކާއިން މިހާތަނަށް 8 މީހަކަށް ބަލި ޖެހިފައި ވާއިރު، އިންޑިއާއިން 7.1 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި ބްރެޒިލްއިން މިހާތަނަށް ޖުމްލަ 5.1 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ރެކޯޑްތައް ދައްކައެވެ. މި ތިން ގައުމުގެ ތެރެއިންވެސް މި ވަގުތު އެންމެ ހަލުވިކަމާ އެކު މި ބަލި ފެތުރެމުން ދަނީ އިންޑިއާގައެވެ.

ޗައިނާގެ ވޫހާންއިން އެންމެ ފުރަތަމަ ފެނުނު ބަލި މިހާރު ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފެތުރިފައިވާއިރު، މި ބަލި ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދި ބައެއް ގައުމުތަކަށް ވަނީ ދެވަނަ ރާޅެއް އައިސްފައެވެ. މިއީ ވިދިގެން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް، ގިނަ ގައުމުތަކަކުން ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!