ކޮވިޑްގެ ހާލަތުގައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ރިސޯޓް މުވައްޒަފުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ އިސް ފަރާތްތަކަށް ކޮވިޑްގެ ހާލަތުގައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ އެފަދަ ހަތަރުވަނަ ޕްރޮގްރާމް ކަމަށާއި، ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. ތިން ގަޑިއިރުގެ ދެ ސެޝަނަކަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 137 މީހަކު ބައިވެރިވި ކަމަށެވެ.

ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރުމުގައި ވެސް ބަލި ފެތުރުން ވީހާވެސް މަދު ކުރެވޭނެ ގޮތަށް އެންމެންގެ އަމަލުތައް ބައްޓަން ފަންނީ މައުލޫމާތު އެ ޕްރޮގްރާމްގައި ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!