ފުވައްމުލަކު އާ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ދެކުނުގައި އެއް އަތޮޅަކަށް އޮތް ހަމަ އެކަނި ރަށް، ފުވައްމުލަކު ހޮސްޕިޓަލުގެ އާ އިމާރާތެއް ޑިޒައިންކޮށް އެ އިމާރާތް އަޅައި ދޭނެ ބަަޔަކު ހޯދަން އިއުލާނެއް ކޮށްފި އެވެ.

ފިނޭންސް މިިނިސްޓްރީން ބުނި ގޮތުގައި ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ފުވައްމުލައް ހޮސްޕިޓަލުގެ އާ އިމާރާތް ޑިޒައިނާއެކު އިމާރާތް ކުރުމުގެ މަސައްކަތާއި އެ އުސޫލުން ރ. އަލިފުށި ސިއްހީ މަރުކަޒު އަޕްގްރޭޑްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އަމިއްލައަށް ފައިނޭންސް ހޯދައިގެން، ފުވައްމުލަކު ހޮސްޕިޓަލުގެ އާ އިމާރާތް ޑިޒައިނާއެކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަން ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތު 1.4 މިލިއަން ރުފިޔާ ބަހައްޓަން ޖެހެ އެވެ. އަލިފުށި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާ ފަރާތް ތަކުން 400,000.00ރ. ބިޑް ސެކިއުރިޓީއަށް ބަހައްޓަން ޖެހެ އެވެ. ޝަރުތުހަމަވާ ފަރާތެއް ހޯދުން ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުންނެވެ

ބީލަމުގައި ބައިވެރިވެވޭނީ 1,500 (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރު) ދިވެހި ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެނެވެ. ބީލަން ހުށަހަޅަން ޖެހެނީ މި މަހުގެ 25 ގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!