ކޮލަމާފުށީން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގއ. ކޮލަމާފުށިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ކޮލްމާފުށިން ކޮވިޑް ބައްޔަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮލަމާފުށިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބޭސް ފަރުވާ އަށް މާލެ އައުމަށް ފަހު ފުރަބަންދު ކަރަންޓީނަށް ދިޔަ 44 އަހަރުގެ އަންހެނެކެވެ. އަންހެންމީހާއާއެކު އޭނާގެ ދެ ކުދިން ވެސް ވަނީ ކަރަންޓީން ވެފަ އެވެ. ނަމަވެސް އެ ދެކުންދިންގެ ނަތީޖާ އަދި ނުލިބޭ ކަމަށް ކޮލަމާފުށި ކައުންސިލުން ބުންޏެވެ.

ކައުންސިލް ނައިބު ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ އަންހެންމީހާ ޕޮޒިޓިވް ވި ކަން އެޗްޕިއޭއިން އަންގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ކޭހުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ އިރު މިހާތަނަށް އޭނާއާ ކޮންޓެކްޓްވި މީހަކު ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި އަންހެން މީހާއަކީ ހައި ރިސްކު މީހެއް ނޫން ކަމަށާއި މިވަގުތު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮލަމާފުށީގައި ރައްކާތެރިވުމުގެ ގޮތުން މިހާރު ވެސް ފިޔަވަޅުތައް އަޅާފައިވާއިރު މި ކޭހާއި ގުޅިގެން މި ފިޔަވަޅުތައް އިތުރަށް ހަރުކަށި ނުކޮށް ރައްޔިތުންނަށް ބަލީގެ ނުރައްކާތެރިކަމާއި އަޅާފައިހުރި ފިޔަވަޅުތައް ހަނދާންކޮށްދެމުން ދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!