ރީޑާސް ޗޮއިސް އެވޯޑުގެ ގިނަ ވަނަތަކެއް ރާއްޖެއަށް

ކޮންޑޭ ނާސްޓް ޓްރެވެލާ އިން ބާއްވާ “ރީޑާސް ޗޮއިސް އެވޯޑްސް” ގެ ފާހަގަކޮށްލެވޭ ވަނަތަކެއް ރާއްޖެއިން ހާސިލްކޮށްފި އެވެ.

މި އެވޯޑް ދިނުމުގެ މަގްސަދަކީ އެންމެ މަގްބޫލު ހޮޓެލް، ރިސޯޓް، ގައުމު، ސިޓީ، ރަށް، ސްޕާ، އެއާލައިން، އެއާޕޯޓް އަދި ކްރޫސް ހޮވުމެވެ.

އެގޮތުން “ޓޮޕް 30 ރިސޯޓްސް އިން ދަ އިންޑިއަން އޯޝަން” ކެޓަގަރީއިން ފާހަގަކޮށްލެވޭ ވަނަތަކެއް ރާއްޖޭގެ ރިސޯޓްތަކުން ވަނީ ހާސިލް ކޮށްފަ އެވެ. 

އެގޮތުން ނޮޓިލަސް މޯލްޑިވްސް އިން ފަހުރުވެރި އެއްވަނަ މަގާމު ހާސިލް ކޮށްފައި ވާއިރު ނަލަދޫ ޕްރައިވެޓް އައިލެންޑް ވަނީ ދެވަނަ މަގާމަށް ހޮވިފަ އެވެ. އަދި މޮރިޝަސް ގެ ދަ އޮބެރޮއި ހިމެނިފައި ވަނީ ތިން ވަނައިގަ އެވެ. 

އޭގެ އިތުރުން ނޮޓިލަސް މޯލްޑިވްސް އިން ވަނީ “ދަ ބެސްޓް ރިސޯޓްސް އިން ދަ ވޯލްޑް” ކެޓަގަރީ އިން ތިން ވަނަ ހޯދާފަ އެވެ. އަދި މި ކެޓަގަރީގައި ނަލަދު ޕްރައިވެޓް މޯލްޑިވްސް ހިމެނިފައި ވަނީ  ފަސްވަނައިގަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ “ޓޮޕް 30 ރިސޯޓްސް އިން ދަ އިންޑިއަން އޯޝަން” ކެޓަގަރީއިން އެންމެ މަތީ ތިން މަގާމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!