އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ މެޑްޓެކަށް ދީފި

ކޮވިޑް-19 ގެ ހާލަތުގައި އެންޓިޖެން ޓެސްޓް ބޭނުން ކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މެޑްޓެކް މޯލްޑިވްސް އަށް ދީފި އެވެ.

އެންޓިޖެން ޓެސްޓު ހަދާނެ ގޮތުގެ އުސޫލެއް އާއްމުކޮށް، އެފަދަ ޓެސްޓުތައް ރާއްޖޭގައި ހެދުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ މިމަހުގެ އަށްވަނަ ދުވަހު ދީފައެވެ. 

އެ އުސޫލުގައިވާ ގޮތުން ޓެސްޓު ބޭނުން ކުރެވޭނީ ހަމައެކަނި ހެލްތު މިނިސްޓްރީން ހުއްދަ ދީފައިވާ މެޑިކަލް ފެސިލިޓީ ތަކަށެވެ. 

އެ ހުއްދަ ރާއްޖެއިން މެޑްޓެކަށް މިހާރު ވަނީ ދީފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މެޑްޓެކްއިން ބުނީ އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގެ ދަށުން މިވަގުތު ރާއްޖެއިން ލިބެން ހުރި އެބޮޓް ބްރޭންޑްގެ އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެން ކޮވިޑް-19 އަށް މިހާރު ޓެސްޓް ކުރެވޭނެ ކަމަށެވެ.

މެޑްޓެކް އިން ފޯރުކޮށްދޭ އެބޮޓް މަރުކާގެ ޕެންބިއޯ އެންޓިޖަން ޓެސްޓް ހަދައިގެން 15 މިނިޓް ތެރޭގައި ނަތީޖާ ލިބެއެވެ.

މެޑްޓެކްއިން ބުނީ ޓެސްޓް ކިޓު ގަންނަން ބޭނުންވާ ފަރާތްތަކުން މެޑްޓެކްގެ ވެބްސައިޓްއިން ނުވަތަ 3303663 އަށް ގުޅުއިގެން ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!