މިނިސްޓަރު އަމީން އަނެއްކާވެސް މަޖިލީހަށް ހާޒިރުކުރަނީ

ވެންޓިލޭޓަރު މައްސަލައިގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަނެއްކާވެސް މިއަދު މަޖިލީހަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.

އަމީން މަޖިލީހަށް ހާޒިރު ކުރަނީ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ސަބްކޮމިޓީގެ ބައްދަލުވުމަށެވެ. އެކޮމިޓީގެ ބައްދަލުވުމަށް މިނިސްޓަރު އަމީން މަޖިލީހަށް ހާޒިރު ކުރަނީ ހެނދުނު 11:00 އަށެވެ. 

އެކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދު ތަކުގެ ކޮމްޕްލަޔެންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު އަމީނާއި ބައްދަލުކުރެއްވުމަށެވެ. 

ވެންޓިލޭޓަރުގެ މައްސަލައިގައި މީގެ ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ފައިސާއަށް ހިޔާނާތްތެރިވުމުގެ ނިޔަތެއް ނެތް ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!