ކޯވިޑް-19އަށް ޓެސްޓު ކުރުމަށް ބ.އަތޮޅު ހޮސްޕިޓަލުން 1000 ސާމްޕަލްނަގައިފި

ކޯވިޑް 19އަށް ޓެސްޓް ކުރުމަށް ބ.އަތޮޅު ހޮސްޕިޓަލުން މިހާތަނަށް 1000 ސާމްޕަލް ނަގައިފިއެވެ.

ހޯމް ކަރަންޓީނަށް އަންނަ މީހުން ކޯވިޑް 19 އަށް ޓެސްޓްކުރުމަށް ބ.އަތޮޅު ހޮސްޕިޓަލުން ފުރަތަމަ ސާމްޕަލް ނަގަން ފަށާފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ބ.އަތޮޅަށް ހޯމް ކަރަންޓީނަށް އަންނަ މީހުންގެ ސާމްޕަލް ނެގުމާއި ޓެސްޓް ކުރުރުން ކުރިއަށްގެންދިޔައީ އެހޮސްޕިޓަލުގައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިހާތަނަށް ނާގާފައިވާ 1000 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ހޯމް ކަރަންޓީންއަށް އައި، 824 މީހަކާ، ރިސޯޓްތަކުން 156 މީހެއްގެ ސާމްޕަލެވެ. މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 33 މީހެކެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ކޯވިޑް-19ގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓަމުންގެންދާ ކޮމެޓީގެ ޗެއަރ ސިދުޤީ ޢަބްދުﷲ ވިދާޅުވީ، ސާމްޕަލް ނެގުމުގައި ދިމާވާ ކަމެއްގެ ސަބަބުން 2 ފަހަރުވެސް ބައެއް މީހުންގެ ސާމަޕަލް ނަގާފައިވާކަމަށެވެ.

“ޑަބަލް ސާމްޕަލް ގިނައިން ނަގާފައި ހުންނާނީ ރިސޯޓްތަކުން. އަދި އެބަހުރި ސާމްޕަލް ނަގާއިރު ނުބައިކޮށް ނުވަތަ ނަގާ މީހާ ތެޅިގަނެގެންވެސް 2 ސާމްޕަލް ނަގަންޖެހިފައި، އަދި ބައެއް މީހުން ޕޮޒިޓިވްވުމުން ޝައްކުވާކަމަށްވަންޏާ ހުންނާނެ ޑަބަލް ސާމްޕަލް ނަގާފަ” – ސިދުޤީ ވިދާޅުވިއެވެ.

ކޯވިޑް-19 ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެން ފެށުމާއެެކު ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އަދި މި ބަލި ރާއްޖެއިން ފެނުމާއެކު މި ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން ރާއްޖެގެ 5 ސަރަހައްދުތަކެއްގައި މި ބަޔައް ފަރުވާދޭ މަރުކަޒުތެކެއް ޤާއިމްކޮށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސިއެވެ. އެގޮތުން ނ.ރ.ބ.ޅ މިހަތަރު އަތޮޅުހިމެނޭ ޒޯން 2 ގެ މަރުކަޒު ޤާއިމްކޮށްފައިވަނީ ބ.އަތޮޅު ހޮސްޕިޓަލުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!