ބޮލީވުޑްގެ ފޭނުން އަބަދުވެސް އެންމެ އިންތިޒާރުކުރެވޭ އެއް މަންޒަރަކީ ސައިފް އަލީ ޙާން އާއި އެކު އޭނާގެ އަންހެން ދަރިފުޅު ސާރާ އަލީ ޙާން ފެނިގެންދާނެ ފިލްމަކަށެވެ.
މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ ސައިފް އަލީ ޙާން ދިން އިންޓަވިއުއެއްގައި ބުނީ، އެދެމީހުން އެކުގައި ޖާދޫ ދައްކާލެވޭނެ ފަދަ ފުރިހަމަ ފިލްމެއް އަދި ނުލިބޭ ކަމަށެވެ.
ސައިފް ބުނީ މީގެ ކުރިންވެސް ބައެއް ފިލްމްތަކަށް އޮފާ އައިސްފައިވާ ކަމަށެވެ. އެގޮތުން 5 ވަރަކަށް ފިލްމު މީގެކުރިން އޮފާ ކޮށްފައިވާ ކަމަށާއި އެހުރިހާ ފިލްމަކަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. ސައިފް ބުނީ ދަރިފު ސާރާ އާއި އެކު ކުޅޭ ފިލްމު ވާންޖެހޭނީ އެދެމީހުންވެސް ވަރަށް ގަޔާވާ އަދި އެއްފަހަރުން އާނއެކޭ ބުނެވޭ ފަދަ ފިލްމަކަށް ކަމަށެވެ.
ޖަވާނީ ޖާނެމަން ގައި ސައިފްގެ ދަރިފުޅުގެ ރޯލު ކުޅެން ސާރާއަށް ލިބުނު ނަމަވެސް ސާރާ ވަނީ އޭނާގެ ބައްޕަގެ އެދުމުގެ މަތިން އެފިލްމު ދޫކޮށްލާފައެވެ.