ބިގް ބޮސް 14: ހީނާ، ސިދާތްއަށް ކޮށްދިން ކަމަކުން އެންމެންގެ ސަމާލުކަން

މިހާރު ކަލާރސް އިން ގެނެސްދެމުން އަންނަ ބިގް ބޮސް 14 ގައި ހީނާ ހާން ސިދާތް ޝުކްލާގެ ބޯ މޮޑެދޭ މަންޒަރުފެނި ގިނަ ބައެއްގެ މެދުގައި މިވާހަކަ މަގުބޫލުވެއްޖެއެވެ.

ބިގް ބޮސް އަކީ އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް ރިއަލިޓީ ޝޯއެވެ. މި ޝޯގެ 14 ވަނަބައި ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިފަހަރުގެ ޝޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރީ ސީޒަންތަކުގެ ބައިވެރިންނަށް ވާދަކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ޝޯގެ 14 ވަނަ ބައިގައި މިހާތަނަށް އެންމެ ބޮޑަށް ވައިގައި ހިފާލާފައިމިވާ އަޑަކީ ޕްރިމިއާރ ގައި ފެނިގެންދިޔަ ސިދާރތް އަދި ހީނާގެ ގުޅުމުގެ ވާހަކައެވެ. މިގުޅުމުގެ މަގުބޫލުކަން އިތުރުވެ ސަޕޯޓަރުންވަނީ މި ދެބައިވެރިންނަށް ޚާއްސް ނަމެއްވެސް ކިޔަންފަށާފައެވެ. އެނަމަކީ “ސިދްހީނާ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!