ރިޔާއާއި ދެކޮޅަށް ކުރި ދޮގު ތުހުމަތުތައް ބަލައި ދިނުމަށް އެދި ސީބީއައި އަށް!

ސުޝާންތުގެ މަރުގެ މައްސަލައިގައި ރިޔާއާއި ދެކޮޅަށް ކުރި ދޮގު ތުހުމަތުތައް ބަލައި ދިނުމަށް ސީބީއައި އަށް ލުމަށް ރިޔާ ނިންމައިފިއެވެ.

ސުޝާންގެ މަރުގެ މައްސަލައިގައި އެންމެ ގިނަ ބައެއްގެ އިނގިލިތައް އަމާޒުވެފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރިޔާ ޗަކްރަބޯތީ އަށެވެ.

މިތުހުމަތުތައް ކުރި މީހުންގެ ތެރެއިން ރިޔާގެ އަވައްޓެރިއެއްކަމަށްވާ ޑިމްޕްލް ތަވާނީ ކުރި ދޮގު ތުހުމަތު ތަކުގެ މައްސަލަ ރިޔާވަނީ ސީބީއައި އަށް ލުމަށް ނިންމާފައެވެ. މިތުހުމަތުތައް ކޮށްފައިވަނީ ޓީވީ ޗެނެލްއެއް މެދުވެރިކޮށެވެ.

ޑިމްޕަލް ތަވާނީ ތުހުމަތުކޮށްފައިވާ ގޮތުގައި ރިއާ އާއި ސުޝާންތް އެެއްކޮށް އުޅެނިކޮށް އޭނައަށް ވަނީ ފެނިފައެވެ. ނަމަވެސް މިކަން ސީބީއައި އަށް ޔަގީން ކޮށްދެވިފައެއް ނުވެއެވެ. ބައެއް ނޫސް ތަކުގައި ވާގޮތުން ޑިންޕަލް ތިވާނީއަށް މަންޒަރުފެނިފައެއްނުވެއެވެ. ފެނުނު މީހަކު ޑިންޕަލްއަށް ކިޔައިދިނީއެވެ. މަންޒަރު ފެނުނު މީހާ އެވަހާކަތަށް ހިއްސާ ކުރަން ބޭނުން ނުވާކަމަށްވެސް ޑިންޕަލް ބުނެއެވެ.

ރިޔާގެ ސިޓީގައި ބުނެފައިވާގޮތުން ޑިންޕަލްކޮށްފައިވަނީ ގާނޫނީގޮތުންވެސް ބެލެވިދާނެ ވަރުގެ ކުށެކެވެ. މި ސިޓީ ފޮނުވުނުގެ ކުރިން ރިޔާގެ ލޯޔަރުވަނީ ސުޝާންތުގެ މަރާއި ގުޅިގެން ކުރާ އެއްވެސް ދޮގު ތުހުމަތެއް ލުއިކޮށް ދޫނުކޮށްލާނެކަމަށް ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!