މިއަދު ޕޮޒިޓިވް ވީ 49 މީހުން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެއިން 49 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 10,943 އިން މައްޗަށް އަރާފައި ވެއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 43 މީހުންނަކީ ވެސް މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަތޮޅުތެރެެއިން ޕޮޒިޓިވްވީ ހަ މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 33 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 16 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،282 ޓެސްޓެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 41 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،783 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،118 މީހުންނެވެ. ކޮވިޑްގައި 35 މީހަކު ވަނީ ނިޔާވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!