ޑަބްލިޔުޓީއޯގެ މަންދޫބަކަށް ޑރ. އާސިމް އަހުމަދު އައްޔަނުކުރަން ރުހުން ދީފި

ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ، ވާލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ރާއްޖޭން ކަނޑައަޅާ މަންދޫބު ކަމަށް ޑރ. އާސިމް އަހުމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޑަބްލިޔުޓީއޯއަށް ރާއްޖޭން ކަނޑައަޅާ މަންދޫބަކަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ޑރ. އާސިމް އަކީ ރާއްޖެޖޭން އދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބެވެ.

އާސިމްގެ ނަން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި ރުހުންދޭން ފާސްކޮށްފައިވަނީ 53 މެންބަރުންގެ ވޯޓުންނެވެ.

ޑރ. އާސިމް އަހުމަދު މީގެ ކުރިން ވަނީ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މާގާމުގެ އިތުރުން، އާސިމް ވަނީ އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ހިދުމަތް ވެސް ދެއްވާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!