ކޮވިޑް-19 އާ ގުޅިގެން އެއިފެކްގެ ބައިނަލްއަގްވާމީ މިންގަނޑުތައް ރާއްޖެއަށް ތައާރަފުކޮށްފި

އިންޓަނޭޝަނަލް ސްޓެންޑަޑްސް އޯގަނައިޒޭޝަން ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އެއިފެކް) އިން ރާއްޖޭގެ ވިޔަފާރިތަކަށް ހާއްސަކޮށް ބައިނަލްއަގްވާމީ އެމެޖެންސީ މިންގަނޑުތައް ތައާރަފުކޮށްފި އެވެ.

ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭނީ އެ ޖަމިއްޔާގެ ބައިނަލްއަގްވާމީ ހިދުމަތް މި ސަރަހައްދުގައި ދިނުމަށް ހާއްސަ އެއިފެކް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށެވެ. 

އެއިފެކް އަކީ ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާ ކުރިމަތިކުރުވާ ނިއުކްލިއާ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އިތުރުވުން، ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން (ޑަބްލިއުއެމްޑީ)، ފިޔަވަޅުއެޅުން (އެކްސްޕޯޓު ކޮމްޕްލަޔަންސް) ފަދަ ކަންކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅާ އޯގަނައިޒޭޝަނެވެ. 

ރާއްޖޭގައި ބައިނަލްއަގްވާމީ މިންގަނޑުތައް ތައާރަފު ކުރުމުގެ މަގްސަދަކީ މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 އާ ގުޅިގެން ހިންގާ “ވެކްސިނޭޓް ޔޯ ބިޒްނަސް” ފެށުމެވެ.

އެއިފެކްގެ ކޮމްޕްލަޔަންސް ސްޓޭންޑަޑަކީ ވިޔަފާރިތަކުގެ ސިއްހީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ބަހައްޓާ ސްޓެންޑަޑެކެވެ.

“ކޮވިޑް-19 ހާލަތާ ގުޅިގެން އެމެޖެންސީ ފިޔަވަޅުތަކާއި ސިޔާސަތު އަދި އިޖުރާއަތުތައް ކަނޑައަޅަން ވަނީ މަޖުބޫރުވެފައި. އެ ފިޔަވަޅުތަކާއި ސިޔާސަތުތަކާއި އިޖުރާއަތުތަކަކީ އެކްރެޑިޓްކޮށްފައިވާ އަދި ކޮލިފިކޭޝަން ހުރި ތިންވަނަ ފަރާތަކުން ސާޓިފައިކޮށްފައިވާ ނިންމުންތަކަކަށް ވާން އެބަ ޖެހޭ،” ބްރަސެލްސް ގައި ހުންނަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މައި އިދާރާއިން ނެރުނު ޕްރެސް ރިލީޒެއްގައި ވެއެވެ.

އެ ޕްރެސް ރިލީޒްގައިވާ ގޮތުން އަލަށް ތައާރަފް ކުރި ބައިނަލްއަގްވާމީ އެމެޖެންސީ މިންގަނޑުތަކުގެ ސީރީޒްގެ ސަބަބުން ވިޔަފާރިތައް ކޮވިޑާ ދެކޮޅަށް ހަރުދަނާކޮށް މަސައްކަތް ކުރަން ފަސޭހަވެ، އާއްމު ރައްކާތެރިކަން ކަށަވަރު ކުރަން ފަސޭހަ ވާނެ އެވެ. 

ބައިނަލްއަގްވާމީ އެމެޖެންސީ މިންގަނޑުތަކުގެ ސީރީޒުން ވިޔަފާރިތަކަށް ހާއްސަ ދެ މިންގަނޑެއް އެޑޮޕްޓް ކުރެވޭނެ އެވެ. އެއީ:

  1. ހެލްތު އިމެޖެންސީ ރިސްކް ކޮމްޕްލައިންސް މެނޭޖްމަންޓް ސިސްޓަމް (އެޗްއީއާރް-ސީއެމްއެސް): މިއީ ހުރިހާ ކުންފުންޏަކަށް ވެސް ބޭނުން ކުރެވިދާނެ މިންގަނޑު
  2. ކޮމްޕްލަޔަންސް މެނޭޖްމަންޓް ސިސްޓަމްސް ފޯ ސެނިޓައިޒޭޝަން ސާވިސް ޕްރޮވައިޑާޒް (އެސްއެސްޕީ-ސީއެމްއެސް): ޕްރޮފެޝަނަލްކޮށް ސެނިޓައިޒް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހާއްސަ މިންގަނޑު

އެ މިގްނޑުތައް އެޑޮޕްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް، ވަކިން ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ގުޅޭ ފަރާތްތަކުން، “ވިޔަފާރި ވެކްސިނޭޓް” ކުރުމަށް އެ ޕްރެސް ރިލީޒްގައި ގޮވާލާފައި ވެއެވެ.

“އުއްމީދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މި ސްޓެންޑަޑްތައް ގާއިމްކޮށް ރާއްޖެއަކީ ދުނިޔެއަށް މޮޑެލް ގައުމަކަށް ހެދުން،” ޕްރެސް ރިލީޒްގައި ބުނެފައި ވެއެވެ.

ރާއްޖޭގައި އެ މިންގަނޑުތައް ތައާރަފުކޮށް، މަސައްކަތް ކުރަމުން ދާނީ ޔުނިވާސިޓީ އޮފް ޓުރިން (ޔުނީޓޯ) އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!