މަޖިލީހުގައި މައިންގެ ކޮޓަރިއެއް ޤާއިމުކޮށްފި

ވަކި ހާއްސަ ހާލަތްތަކެއްގައި މެންބަރުންގެ ދަރިން ބެއިތިއްބުމަށް ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް “މައިންގެ” ކޮޓިރިއެއް ހުޅުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި “މައިންގެ” ކޮޓަރިއެއް މިހާރު ހުންނާނެ ކަމަށެވެ. 

މިއަދު އެކޮޓަރީގެ ބޭނުން ކުރަންފެށޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ އެއްވެސް މެމްބަރެއްގެ ކުޑަކުދިން ވަގުތު ކޮޅަކަށް އެހެން ތަނަކަށް ފޮނުވެން ނެތްކަމަށް ވާނަމަ މަޖިލީހުގައި އެކުދިން ބެލެހެއްޓޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މެންބަރުންގެ ދަރިން އެހެން ތަނަކަށް ފޮނުވެން ނެތް ނަމަ މަޖިލީހުގައި ހުޅުވި މައިންގެ ކޮޓަރީގައި ބެއިތިއްބޭނެ ކަމަށެވެ. އަދި އެ ކޮޓަރީގައި އެ ކުދިންނަށް ކުޅެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ މައިންގެ ކޮޓަރިއެއް މަޖިލީހުގައި ހުރި ނަމަވެސް ބުއްދިވެރި ގޮތަކީ ތުއްތުކުދިން ޢާއިލާ ކައިރީގައި ބޭތިއްބުންކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއީ އެއްވެސް ބޭފުޅަކަށް އޮޅިފައިވާނެކަމެއް ނޫންކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!