މަނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

ނ. މަނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ރަސްމީކޮށް ހުޅުވައިފި އެވެ.

އިއްޔެ ހަވީރު ނ. މަނަދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، މި ކަލެކްޝަން ސެންޓާ ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް، އަލީ ޒާފިރުއެވެ.

މީރާއިން ބުނީ މަނަދޫގައި ހުޅުވި ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި، ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޙިދުމަތްތައް ވީހާވެސް ގާތުން ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެއްކަމަށެވެ.

މީރާއިން ބުނީ މާލޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޙިދުމަތެއް އަތޮޅުތެރޭގައި ހުންނަ މީރާގެ އޮފީސްތަކުންވެސް ލިބޭނެކަމަށެވެ. އޭގެތެރޭގައި މީރާގައި ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މީރާގެ ޙިދުމަތްތައް އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިހާރުވެސް އަތޮޅުތެރޭގައި މީރާގެ އޮފީސްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް 16 އަތޮޅެއްގައި މީރާގެ 17 އޮފީސް ޤާއިމްކޮށް އަންނަނީ ޓެކްސް ދައްކާ ފަރާތްތަކަށް ޙިދުމަތް ފޯރުކޮށްދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!