ރާއްޖެ ސަރަހައްދުގައި ލޯ ޕްރެޝާ ޓްރަފެއް

ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް މޫސުމަށް ސަމާލުވާން މެޓް އޮފީހުން އެދެފި އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަޕްގެ ސަބަބުން ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އަތޮޅުތަކުގެ މަތީ އުފެދެމުން ދާތީ ކުރިޔައް އޮތް 2 ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި ވިއްސާރައިގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އާންމުވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

މި ވިއްސާރާގައި މެދު އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކުގައި ވައި ގަދަވެ ކަނޑުތައް ވެސް ގަދަ ވާނެ އެވެ. އަދި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު ވިލާގަނޑު 50 މޭލަށް ވައި ގަދަވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!