ހުޅުމާލެ ކަނޑުގެ ސަރަހައްދުން 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން!

ފުލުހުން ހިންގި އޮޕަރޭޝަނެއްގައު ހުޅުމާލެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މައްސްތުވާ ތަކެތި ހޯދާފައިވާކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މިއަދު ހެނދުނުގެ ވަގުތެއްގައު ހުޅުމާލޭ ކައިރިން 100 ކިލޯއަށް ވުރެއް ގިނަ ހެރޮއިން އާއި މެތް އަތުލައިގެންފައިވާ ކަމަށެވެ.

މަސްތުވާ ތަކެތި އަތުލައިގަނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުންނާއި ކޯސްޓު ގާޑުން ހިންގެ އޮޕަރޭޝަނެއްގައެވެ. މީގެ އިތުރުން މަސްތުވާ ތަކެތި ހޯދައިފައިވަނީ ކަނޑުމަތީ އޮތް ބޯޓަކުން ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެފައި ވަނީ 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އާއި މެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހުޅުމާލެ ކައިރީގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

“މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ސަބަބުން ކުރާ އިޖުތިމާއީ އަދި އިގްތިސާދީ އަސަރު ވަރަށް ބޮޑު. މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން މެދުކެނޑުމެއް ނެތި މަސައްކަތް ކުރާނަން،” ހަމީދު ވިދާޅުވި އެވެ. 

މިމަހުގެ ކުރީކޮޅުވެސް ވަނީ ފުލުހުން ހިންގި ބޮޑޫ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުން 100 ކިލޯއަށް ވުރެއް ގިނަ މަސްތުވާ ތަކެތި ހޯދާ ބަޔަކު ހައްޔަރު ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!