ގެސްޓު ހައުސް ހުޅުވިފައި ހުންނަ ރަށްތަކުގައި މާސްކު އެޅުން މަޖުބޫރު

މިމަހުގެ 15 ވަނަ ދުވަހު ގެސްޓު ހައުސްތައް ހުޅުވުމަށް ސަރުކާރުން ހުއްދަ ދީފައިވާއިރު، ގެސްޓު ހައުސްތައް ހުޅުވާފައި ހުންނަ ރަށްތަކުގައި، މީހުން ބޭރަށް ނިކުމެ އުޅޭ ކޮންމެ ވަގުތެއްގައި މާސްކު އެޅުން މަޖުބޫރުކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިން ނެރެފިއެވެ.

ގެ އިތުރުން ގައިޑްލައިންގައި ވަނީ، ގެސްޓު ހައުސްތައް ހުޅުވިފައި ހުންނަ ރަށްތަކުގެ މީހުންނަށް އެހެން ރަށަކަށް ދެވޭނެ ކަންކަން ވެސް ބަޔާން ކޮށްފައެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށާއި، ސުކޫލް އަށް ދިއުމަށާއި، ބަލިވެފައިވާ އާއިލާ މީހެއްގެ ކާރިޔަށް ޒިޔާރަތް ކުރުމަށާއި، ބޭންކުގެ ހިދުމަތް ހޯދުމަށާއި، ކޯޓަށް ހާޒިރުވާން ޖެހުމުގެ އިތުރުން، ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެއް ގަތުމަށް އެކަންޏެވެ. މި ނޫން ހާލަތެއްގައި ގެސްޓު ހައުސްތައް ހުޅުވާފައި ހުންނަ ރަށަކުން މީހަކަށް އެހެން ރަށަކަށް ފުރުން ވަނީ މަނާކޮށްފައެވެ.

ގައިޑްލައިންގައި އިތުރަށް ފާހަގަ ކޮށްފައިވަނީ، ގެސްޓްހައުސް ތަކުގެ މުވައްޒަފުންނާއި، ފަތުރުވެރިން، ”ޓްރޭސްއެކީ“ އެޕްލިކޭޝަން ބޭނުން ކުރުންވެސް މަޖުބޫރު ކޮށްފައެވެ. އަދި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން އާއްމުން ދިރިއުޅޭ ގެޔަކަށް ދިއުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް އާންމުކޮށް ހުޅުވާފައި ހުންނަ ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ވަނުމަށް ފަތުރުވެރިންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ގައިޑްލައިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ރަށުގެ ކައުންސިލުން، ކޮންމެ ދުވަހަކުވެސް ރަށަށް އަންނަ މީހުންނާއި، ރަށުން ފުރާމީހުންގެ މައުލޫމާތު ހޯދާ ރައްކާ ކުރަންޖެހޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!