ރިއާ ބިގް ބޮސް އަށް!

ކަލާޒް ޓީވީ އިން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް” އަކީ އިންޑިއާގެ އެންމެ މަޤުބޫލު ރިއަލިޓީ ޝޯއެވެ. އަދި އެއީ އެ ޗެނެލަށް އެންމެ ބޮޑު އާމްދަނީ ވެސް ލިބޭ ޝޯއެވެ.

މިފަހަރުގެ ޝޯ ފެށިގެން ކުރިޔަށް ދާއިރު، މިވަގުތު ޝޯގައި ތިބީ އެންމެ 11 ބައިވެރިންނެވެ. އެހެން ފަހަރުތަކުގައި ޝޯގެ ޕްރިމިއާ ރޭގައި ގޭތެރެއަށް 14-16 ބައިވެރިން ވަދެއެވެ.

ކޮންމެ އަހަރުކުވެސް ޝޯގެ އެކި ހިސާބުން ވައިލްޑް ކާޑް އެންޓްރީގެ ގޮތުގައި ބައިވެރިން ބިގް ބޮސްއަށް ގެނެއެވެ. އެގޮތުން އިންޑިއާގެ ނިއުސް ނޭޝަންގައި ރިޕޯޓު ކޮށްފައިވާ ގޮތުން ދާދި ފަހުން މަރުވި ސުޝާންތް ސިންގް ރާޖްޕުތްގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ވައިލް ކާޑް އެންޓްރީއެއްގެ ގޮތުގައި ގެނައުމަށް ވަނީ ހަަމަޖެހިފައެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިއާ ބިގް ބޮސްގައި ބައިވެރިވުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ. ނަމަވެސް މިކަން އަދި ކަލާސް ޗެނަލްއިން ޔަގީންކޮށްދީފައެއް ނުވެއެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ފެންމަތިވި ޑްރަގް މައްސަލައަކާއި ގުޅިގެން އެންސީބީ އިން ރިއާ ހައްޔަރުކޮއްފައި ހުރުމަށްފަހު ދޫކޮށްލާފައިވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!