ކޮވިޑްގެ އެއްވެސް ކޭހެއް މިއަދު އަތޮޅު ތެރެއިން ފެނިފައެއް ނުވޭ

ކޮވިޑްގެ އެއްވެސް ކޭސްއެއް މިއަދު ރިޕޯޓްކޮށްފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކ. ގުރައިދޫގައި ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުން ދިޔަ ބިދޭސީ މީހާ ވަނީ ބަލިން ރަނގަޅު ވެފައެވެ.

މީގެ އިތުރުން މާލެއިން ދިޔަ ބައެއް ފުލުހުންނާއި ރަށްރަށުގެ ފުލުހުންގެ ބައިވެރިވެގެން ހިންގާފައިވާ އޮޕަރޭޝަންގައި ކުޅުދުއްފުށިން ބައިވެރިވި ފަރާތެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިވަގުތު ކުޅުދުއްފުށީގައި ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ 7 މީހަކު އެބަ ތިއްބެވެ.

މިވަގުތު އަދިވެސް އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުންދަނީ ލ. ކައްދޫއަށް ތަމްރީނަށް ދިޔަ ސިފައިންގެ ތެރެއިން ޕޮޒިޓިވްވި 58 މީހެކެވެ.

އަދި އެޗްއީއޯސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 30 ސެޕްޓެމްބަރުގައި އައްޑޫ ސިޓީ ގަމަށް، މަސައްކަތަކަށް އިންޑިއާ އިން ގޮސްތިބި 128 މީހުންގެ ރިލީސް ސާންޕަލް ނެގިއިރު 53 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި އެތަނުގައި ސެކިއުރިޓީ ގަރޑް 2 އޮކްޓޫބަރުގައި ޕޮޒިޓިވްފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެހެންކަމުން ގަމުން، ޖުމްލަ 55 މީހަކު އަދިވެސް ދަނީ މިބައްޔަށް ފަރުވާ ހޯދަމުންނެވެ.

މިވަގުތު އެއްވެސް މޮނިޓަރިންގެ ހާލަތުގައި ނެތް ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އަތޮޅު ތެރޭގައި ޖުމްލަ އެކްޓިވް ކޭސްގެ ގޮތުގައި 152 ކޭސް ފެނިފައިވާއިރު އޭގެ ތެރޭގައި 89 މީހުންނަކީ ދިވެހިން އަދި 63 ބިދޭސީން ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!