އިންޑިއާގެ ސިނަމާތައް ހުޅުވާލާނީ ޕީއެމް ނަރޭންދްރާ މޯދީ ފިލްމް އިން

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބައޯޕިކް ފިލްމް “ޕީއެމް ނަރޭންދްރާ މޯދީ” ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ސިނެމާތައް ބަންދުކުރުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު އަލުން ސިނަމާތައް ހުޅުވާލާ އިރު އަޅުވާނީ ފުރަތަމަ ފިލްމެއް ކަމަށް އިއުލާން ކޮށްފައި މިވަނީ “ޕީއެމް ނަރޭންދްރާ މޯދީ” އެވެ. މި ފިލްމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ފިލްމްގައި މޯދީގެ ރޯލުން ފެނިގެންދާނީ ވިވެކް އޮބެރޯއީ އެވެ. ފިލްމްގެ ޑައިރެކްޓަރަކީ އޮމަންގް ކުމާރެވެ.

“ޕީއެމް ނަރޭންދްރާ މޯދީ” ގެ އިތުރުން އަނަންޔާ ޕާންޑޭ އަދި އިޝާން ކައްޓަރް ފެނިގެންދާ “ކާލޯ ޕީލީ” ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!