ގިނަ ޕްރޮޖެކްޓް ތަކެއް ވަނީ އަހަރެން އަތުން ފޭރިގެންފައި: ބޮބީ

ފިލްމު އަޖްނަބީ ގައި އަކްޝޭގެ ރޯލު އަސްލު ކުޅެން ޖެހިފައިވަނީ ބޮބީ ޑިއޯލްއަށްކަމަށް އޭނާ ވަނީ ބުނެފައެވެ. ބޮބީ މިހެން ބުނެފައިވަނީ ބޮލީވުޑްއަކީ ވަރަށް “ރޫތްލެސް” އިންޑަސްޓްރީ އެއްކަމަށެވެ.

އަޖްނަބީގެ އިތުރުން އިތުރު އެހެން ޕޮރޮޖަކްޓުތައްވެސް ބޮބީގެ އަތުންވަނީ “ފޭރިގެން” ފައިކަމަށް އޭނާވަނީ ބުނެފައެވެ. ބޮބީޑިއޮލް މިހެން ބުނެފައިވަނީ ވަރަށް ފަހުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެެއްގައެވެ.

ފަހުގެ ފިލްމުތަކުން ބަތަލުގެ މަގާމުން ބޮބީޑިއޮލް ފެނިފަވީނަމަވެސް އެނާވަނީ ވަރަށް ގިނަ އަހަރުތަކެެއްވަންދެން މި އިންޑަސްޓްރީއާއި ދުރުގައެވެ. އަޖްނަބީގެ އިތުރުން ޖަބް ވީ މެޓް ޕްރޮޖެކްޓަށްވެސް ވީ މިކަހަލަ ގޮތެއްކަމަށް ބޮބީޑިއޮލް ވަނީ ބުނެފައެވެ.

ހަތަރު އަހަރު މި އިންޑަސްޓްރީއާއި ދުރުގައި އުޅުމަށްފަހު ބޮބީޑިއޮލް ވަނީ “ކްލާސް އޮފް 83” އިން ފެނިގެން ގޮސްފައެވެ. އަދި އާޝަރަމް އިންވެސް ވަނީ ބޮބީޑިއޮލް ފެނިގެން ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!