ހަށިގަނޑާއި މޫނު ރީތި ގޮތުގައި ބެހެއްޓުމަޡް އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން މަސައްކަތް ކުރެއެވެ. އެގޮތުން ރީތި ވުމުގެ ގޮތުން މޭކަޕް ކުރުމަކީ ނުހަނު ގިނައިން މީހުން ކުރަމުން އަންނަ ކަމެކެވެ. އެހެންނަމަވެސް އަބަދު މޭކަޕްކޮށްގެނަ ތިބުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން މިލިޔުމުގައި ބަލައިލާނީ މޭކަޕް ނުކޮށްވެސް ރީތި ކޮށް ހުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.
އެމީހަކާއި ގުޅޭގޮތަށް އިސްތަށިގަނޑު ބެހެއްޓުން
މިއީ ވަރަށް އާދައިގެ އެހެންނަމަވެސް މީހާއަށް ވަރަށް ބޮޑެތި ބަދަލެއް ގެނުވާ ކަމެކެވެ. އެގޮތުން އެމީހެއްގެ މޫނާއި ގުޅޭ ގޮތަށް އިސްތަށިގަނޑު ޒީނަތްތެރިކުރުމުން އެމީހަކަށް އިތުރު ފުރިހަމަ ކަމެއް ލިބެއެވެ.
“އެކްސަސަރީސް” ބޭނުންކުރުން
މޭކަޕް ނުކުރިނަމަވެސް ކަންފަތުލާ އެއްޗެއް ނުވަތަ އެފަދަ ކޮންމެވެސް ކަހަލަ ޒީނަތްތެރިވުމަށް ބޭނުން ކުރުމުންވެސް މީހާ އަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދެއެވެ.
މޫނު މަސާޖުކުރުން
ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ކަސްރަތު ބޭނުންވާ ފަދައިން މޫނަށްވެސް ކަސްރަތި ބޭނުންވާނެއެވެ. މޫނު މަސާޖުކުރުމުން ލޭދައިރުވުން ފަސޭހަވެ މޫނަށް އަލިކަން ގެނުވައެވެ.