އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނީތާ ހަސަނަންދާނީ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.
ބަލިވެއިން ވާހަކަ އަނީތާ އާއި ފިރިމީހާ ރޯހިތު ރެޑީ މަޖާ ގޮތަކަށް އިންސްޓްގްރާމްގައި ހިއްސާކުރީ ދެ މީހުންގެ ވީޑިއޯއަކުންނެވެ. އެއާއާ އެކު ވަރަށް ގިނަ ފޭނުން އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.
އަނީތާ އަކީ މަގުބޫލު އެތައް ސިލްސިލާއެއް ކުޅެފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި “ނާގިން” އާއި “ޔޭ ހޭ މޮހަބައްތޭން” އާއި “ޔޭ ހޭ އާޝިގީ” އާއި “ކިޔޫ ކީ ސާސް ބީ ކަބީ ބަހޫ ތީ” ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.
އަނީތާ، 39، އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފައި މި ވަނީ ކައިވެނިކުރިތާ ހަތް އަހަރު ފަހުންނެވެ.