ހުޅުމާލޭގައި މީހެއްގެ އަތުން ފޭރުނު އަތް ދަބަހެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ފްލެޓެއް ކައިރިން އަންހެނެއްގެ އަތް ދަބަސް ފޭރުނު މައްސަލައެއް މިއަދު ފުލުހަށް ރިޕޯޓް ކުރުމުން އާންމު މީހެއްގެ އެހީއާއެކު އެ އަތްދަބަސް ހޯދައި ވެރި ފަރާތަށް ރައްދު ކޮށްދީފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ ތުހުމަތުގު ގައި 2 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން މިއަދު ހަވީރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މަައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.